ގަތަރުން އީރާނުގެ މިސައިލް ހަމަލާ ކުށްވެރިކޮށް، ރައްދު ދިނުމަށް ތައްޔާރުވެއްޖެ
ގަތަރުން އީރާނުގެ މިސައިލް ހަމަލާ ކުށްވެރިކޮށް، ރައްދު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެފިއެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް، އީރާނުގެ މިސައިލް ހަމަލާއަށްފަހު ރައްދު ދިނުމުގެ ހައްގު އެ ޤައުމަށް ލިބިގެންވާ ކަމަށް ވަނީ ބުނެފަ އެވެ.
" އީރާނުން އަހަރެމެންނަށް ވެސް މިސައިލް ހަމަލާދީފި، ރައްދު ދިނުމުގެ ހައްގު އެބަ އޮތް." ގަތަރު
Ads by BMLބަޔާނުގައި އިތުރަށް ބުނީ ބެލިސްޓިކް މިސައިލްތަކުން ގަތަރުގެ ސަރަހައްދަށް އަމާޒުކޮށް ހަމަލާދިނުން ކުށްވެރިކުރާ ކަމަށާއި އެއީ ގައުމީ އިސްތިގުލާލާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުމެއް ކަމަށެވެ. ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ ހަމަލާއެއް ސީދާ ދިނުމާއި އަދި އެއީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް ނުރައްކާވާ ފަދަ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
Ads by MACL
