އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ރޫހާނީ ލިޑަރު ޚާމަނާއީ އާއި ރައީސް ޕެޒެޝްކިއަން އަށް: އިޒްރޭލް
އިޒްރޭލުން އިސްވެ އޮވެ އީރާނަށް ދިން ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް މަސޫދު ޕެޒެޝްކިއަން ކަމަށް އިސްރާއީލުގެ އޮފިޝަލަކު ހާމަކޮށްފި އެވެ. އަދި މީގެ އިތުރުން ދެން ހަމަލާތައް އަމާޒުކުރީ އަސްކަރީ އިސް ކޮމާންޑަރުންނަށް ކަމަށް ވެސް އޮފިޝަލް ބުންޏެވެ.
އެހެން ނަމަވެސް ދިން ހަމަލާތަކުގެ ނަތީޖާ މިވަގުތު ސާފު ނުވާ ކަމަށް ވެސް އޮފިޝަލް ވަނީ ބުނެފަ އެވެ.
މީގެ ކުރިން އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެޒެޝްކިއަން ހުރީ ސަލާމަތުންނެވެ.
Ads by BMLމީގެ ދެތިން މިނެޓް ކުރިން އިސްރާއީލުގެ ޗެނަލް 12 އިން ބުނީ މިހާތަނަށް އީރާނަށް ދިން ހަމަލާތަކަކީ އީރާނުގެ ލީޑަޝިޕް ނައްތާލުމުގެ ބޭނުމުގައި ދިން ހަމަލާތަކެއް ކަމަށާއި އެކަން ކާމިޔާބު ވެފައިވާކަމަށެވެ.
" ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އީރާންގެ ސީނިއާ ކޮމާންޑަރުންނާ، އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ގުޅުންހުރި ފަރާތްތައް." އިޒްރޭލުގެ މީޑިއާތަކުން ބުންޏެވެ.
Ads by MACL
