އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާއިން ގޮވާލައިފި
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި، ސިޔާސީ އަދި ޑިޕްލޮމެޓިކް ހަމަޖެހުމުގެ މަގަށް ރުޖޫއަވާން ޖެހޭ ކަމަށް ބުނެ ރަޝިއާ އިން ވެސް ވަނީ ރައްދު ދީފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވޭ ކަންކަން ބައިނަލްއަގުވާމީ މުޖްތަމަޢުން އަވަސް އަވަހަށް އޮބްޖެކްޓިވް އެސެސްމަންޓެއް ދޭން ޖެހޭ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި މަސްލަހަތު ބެލެންސް ކުރުމުގެ މައްޗަށް ބިނާކޮށް ސުލްހަވެރި ހައްލުތަކެއް ހޯދުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
Ads by MACL
