އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އިރާގުން ދީފި
އިރާގުގެ ޕެރަމިލިޓަރީ ޖަމާއަތެއް ކަމަށްވާ ކަތާއިބް ހިޒްބުالله އިން ބުނީ އެ ޖަމާއަތަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ވަރަށް އަވަހަށް އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދޭން ފަށާނެ ކަމަށެވެ.
ކަތާއިބް ހިޒްބުالله އަކީ އައިއެސް އިން ކުރަމުންދާ ވިދުވަރެއް ހުއްޓުވުމަށް 2014 ވަނަ އަހަރު އުފެއްދި ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) ގެ އެންމެ ބޮޑު އެއް ޖަމާއަތެވެ.
އިރާގުގެ ދެކުނުގައި އޮންނަ ޖުރްފް އަލް ނަސްރު ބޭސް އަށް ދިން ވައިގެ ހަމަލާތަކުގައި ދެ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ.
Ads by MACL
