އެމެރިކާއިން ހަނގުރާމަ ވަރުގަދަކޮށް، ކަނޑާއި އެއްގަމުން ހަމަލާދިނުމަށް ނިންމައިފި
ހަނގުރާމަ އިތުރަށް ވަރުގަދަކޮށް ކަނޑާއި އެއްގަމު މަގުން ހަމަލާ ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީރާނާ ދެކޮޅަށް ވައިގެ މަގުން ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބޭނުމަކީ އީރާނުގެ ސަލާމަތީ ވަސީލަތްތައް ނައްތާލުމެވެ.
އަދި އެ ހަމަލާތަކުގައި އެމެރިކާގެ ވައިގެ ސިފައިން ބައިވެރިވާ ކަމަށާއި އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މީހުން ބުންޏެވެ.
Ads by MACL
