ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި، ހާއްސަކޮށް މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް!

އެމްއޭސީއެލުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި، ހާއްސަކޮށް މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް!

ރާއްޖެއިން މެދުއިރު މައްޗަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެވެ.

އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި މެދުއިރުމަތީ ގިނަ ގައުމު ތަކުގެ އެއާޕޯޓްތައް ބަންދު ކުރުމާއި ގުޅިގެން އެސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން އެއާޕޯޓަށް ވަޑައިގެންނެވުމުގެ ކުރިން އިތުރަށް މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

އަދި ހާއްސަކޮށް ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު ކުރާ ފަރާތްތަކުން ފްލައިޓް ތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ.

އިރާނާއި އިސްރާއީލާއި ދެމެދު ކުރެވެމުންދާ ހަނގުރާމައާއި ގުޅިގެން އެ ސަރަހައްދުގެ ގިނަ ގައުމު ތަކުގެ އެއާޕޯޓްތައް ވަނީ ބަންދުކޮށްފައެވެ.