މަނަމާގެ އުސް އިމާރާތަކަށް އިރާނުން ޑްރޯން ހަމަލާއެއް އަމާޒު ކޮށްލައިފި
އީރާނުގެ ޑްރޯން މަނަމާގެ އިމާރާތަކަށް ހަމަލާދޭ ވީޑިއޯއެއް އިރާނުން އާންމުކޮށްފިއެވެ.
ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ބަހްރެއިންގެ ބައެއް މީހުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާ ދީފައިވެ އެވެ.
އަލްޖަޒީރާ އިން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އީރާނުގެ ޑްރޯނެއް މަނަމާގެ ޓަވަރަކަށް ހަމަލާ ދޭ މަންޒަރު ފެނެ އެވެ.
އެ ހާދިސާ ހިނގި ވަގުތު ބާރު ގަދަ އަޑެއް އިވެ، އޭގެ ފަހުން ބޮޑު އަލިފާންގަނޑަކާއި ދުން އަރަ އެވެ.
Ads by BML
Ads by MACL
