ޚާމަނާއީ އަވަހާރަކޮށްލެވިއްޖެ ކަމަށް ޓްރަމްޕް ބުނި ނަމަވެސް އިރާނުން ކަށަވަރުކޮށްނުދޭ!
އީރާނުގެ އެންމެ ސުޕްރީމް ލީޑަރު އަޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
ޓްރަމްޕް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ އިންޓެލިޖެންސް އަދި އެންމެ ޒަމާނީ ޓްރެކިންގ ސިސްޓަމްތަކުން ޚާމަނާއީއަށް ސަލާމަތްވެވިފައެއް ނުވެއެވެ. އަދި އިޒްރޭލާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ޚާމަނާއީގެ އިތުރުން އީރާނުގެ އެހެން ބައެއް އިސް ލީޑަރުން ވެސް މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
Ads by BMLމިއީ އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމު އަނބުރާ ހޯދުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތު ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއި ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު މިހާރު ހަނގުރާމަކުރަން ބޭނުން ނުވާ ކަމަށާއި، އެމީހުން ބޭނުންވަނީ ރައްކާތެރިކަން ނުވަތަ 'އިމިއުނިޓީ' ކަމަށެވެ.
"މިހާރު އެމީހުންނަށް އިމިއުނިޓީ ލިބިދާނެ، ނަމަވެސް ފަހުން ލިބޭނީ ހަމައެކަނި މަރު،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އައި.އާރު.ޖީ.ސީ އާއި ފުލުހުން އީރާނުގެ ގައުމީ ފިކުރުގެ މީހުންނާ ގުޅިގެން، ގައުމަށް ހައްގުވާ މަތިވެރިކަން އަނބުރާ ގެނައުމަށް އުންމީދު ކުރައްވާ ކަމަށެވެ.
މެދުއިރުމައްޗަށާއި މުޅި ދުނިޔެއަށް ސުލްހަ ގެނައުމަށްޓަކައި ބޮން އެޅުމުގެ ހަމަލާތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މި ހަމަލާތަކަކީ ވަރަށް ބޮޑަށް އަމާޒު ބަލައިގެން ދެވޭ 'ޕިންޕޮއިންޓް' ހަމަލާތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުވި ނަމަވެސް މި ވަގުތާއި ހަމައަށްވެސް އިރާންއިން މިކަން ދޮގުކުރެއެވެ. އިރާނުން ބުނެފައިވަނީ އިރާންގެ ލީޑަރުން ސަލާމަތުން ތިބިކަމަށެވެ.
Ads by MACL
