ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނުން ދިން ހަމަލާއެއްގައި އިސްރާއީލުގެ 4 މީހުން މަރާލައި ގިނަ ބަޔަކު ޒަހަމް ކޮށްލައިފި

އިރާނުން ދިން ހަމަލާއެއްގައި އިސްރާއީލުގެ 4 މީހުން މަރާލައި ގިނަ ބަޔަކު ޒަހަމް ކޮށްލައިފި

އިރާނުން އިޒްރޭލުގެ ބައިތު ޝެމޭޝްއަށް ދިން މިސައިލް ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެއްޖެއެވެ.

އިރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް އިޒްރޭލުގެ މެދުތެރޭގައި އޮންނަ ބައިތު ޝެމޭޝް ސިޓީއަށް އެރުމުގެ ސަބަބުން މަދުވެގެން ހަތަރު މީހުން މަރުވެ، އިތުރު 20 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ އެމްބިއުލާންސް ސާވިސްއިން މައުލޫމާތު ދީފިއެވެ.

މި ސިޓީއަކީ ގުދުސްގެ ހުޅަނގުން ގާތްގަނޑަކަށް 30 ކިލޯމީޓަރު (19 މޭލު) ދުރުގައި އޮންނަ ސިޓީއެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާ އެރި ސަރަހައްދުގައި މީހުން ހޯދާ ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ޓީމުތަކާއި، ސިއްހީ އެހީތެރިންގެ އިތުރުން ޒަޚަމްވި މީހުން އުފުލުމަށްޓަކައި ހެލިކޮޕްޓަރުތައް ވެސް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ތަފްސީލް......