"ފައްތާހް" މިސައިލް ބޭނުންކޮށްގެން މިރޭ ޓެލް އަވީވް ބިމާއި ހަމަކޮށްލަން އީރާނުން ތައްޔާރު ވެއްޖެ
ހަނގުރާމަ ފަތަހަ ކުރުމުގެ އާ މަރުހަލާއަކަށް ވާސިލްވެފައިވާ ކަމަށާއި އެ މަރުހަލާއަކީ ޔަހޫދީންނާއި އެމެރިކާ ސިހިގެން ދާފަދަ ބާރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، އީރާނުން ވެސް އަންނަނީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އިސްރޭލުގެ ޓެލް އަވީވް އަށާއި ސަރަހައްދުގައި ގާއިމް ކޮށްފައި ހުރި އެމެރިކާގެ ބޭސްތަކަށް އިރާނުން އަންނަނީ ހަމަލާތައް ދެމުންނެވެ.
އީރާނުގެ ރޫހާނީ ލީޑަރު ހާމަނާއި އަވަހާރަކޮށްލުމާއި ގުޅިގެން އެ ގައުމުން ދަނީ ބަދަލުހިފުމުގެ ގޮތުން ތަފާތު ވައްތަރުގެ ބާރުގަދަ ހަތިޔާރުތައް ބޭނުން ކޮށްގެން ހަމަލާތައް ދެމުންނެވެ. އެހެން ނަމަވެސް އީރާނުން މިހާރު ވަނީ މުޅިން އާމަރުހަލާއަކަށް ވާސިލް ވެފައި ކަމަށް އެ ގައުމުން ބުނެއެވެ.
Ads by BMLއެގޮތުން މިރޭ އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް ބޭނުން ކުރާނީ ދުނިޔޭގައި މިހާތަނަށް އުފައްދާފައި ހުރި އެންމެ ބާރުގަދަ މިސައިލްތަކުގެ ތެރޭގައި ހިމެނޭ “ފައްތާހު ހައިޕަސޮނިކް" މިސައިލްތަކެވެ. މި މިސައިލް އަކީ ދުނިޔޭގެ އެއްވެސް ޑިފެންސު ސިސްޓަމަކަށް ކިޔަމަންނުވާ ވައްތަރުގެ މިސައިލް އެއް ކަމަށް ބުނެވެ އެވެ.
ޖައްވުގެ ތެރޭގައި ހަލުވިކަމާއެކު ބާރު ސްޕީޑުގައި ދަތުރުކުރާ މި ފައްތާހު މިސައިލްތަކުން، ޔަހޫދީންނަށްޓަކައި މިރޭ ޓެލްއަވީވު ނަރަކައަކަށް ބަދަލުކޮށްލާނެ ކަމަށް އިރާނުން ވަނީ ބުނެފަ އެވެ.
Ads by MACL
