ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

31 ޙާފިޒުން ދަސްވެނިވެ، 50 ޙާފިޡުންނަށް ރައީސް ދެއްވާ މެޑައްޔާއި އިނާމު ލިބިއްޖެ

މިއަހަރު ދަސްވެނިވި ހާފިޒުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިއަހަރު ދަސްވެނިވި ހާފިޒުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމުގެ ތާރީޚީ ފުރަތަމަ ޙަފްލާ ރޭ ބާއްވައިފި އެވެ.

މިއަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވެގެންދިޔަ ރަސްމިއްޔާތެވެ. އެގޮތުން ރޭގެ ރަސްމިއްޔާތުގައި 31 ޙާފިޡުން ދަސްވެނިވި އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ޙާފިޡުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ މެޑައްޔާއި އިނާމު 50 ޙާފިޡުންނަށް ވަނީ ލިބިފަ އެވެ.

ޙާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ ޙަފްލާއަކީ މިކަމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ޤުރުއާން މަތިވެރިވެރިކުރުމުގެ ގޮތުން 1447 ވަނަ އަހަރުން ފެށިގެން ބާއްވަން ނިންމި ޙަލްފާއެކެވެ.