އީރާނުގެ ލީޑަރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމަޔާއިއެކު: އުރުދުޣާން
އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާދީއްތަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ، ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައެވެ.
Ads by BMLރައީސް އުރުދުޣާން ވަނީ އީރާނުގެ ރައްޔިތުންނަށް މި ހިތާމަވެރި ދަނޑިވަޅުގައި ތައުޒިޔާ ފޮނުއްވާފައެވެ.
މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން ދިން މި ހަމަލާތަކަކީ އީރާނުގެ ސިޔާދަތީ މިނިވަންކަމާ ޚިލާފު، އަދި އެ ގައުމުގެ ރައްޔިތުންގެ ސުލްހަ މަސަލަސްކަން ނަގާލުމަށް ދިން ހަމަލާތަކެއް ކަމަށްވެސް ތުރުކީގެ ލީޑަރު ވިދާޅުވިއެވެ.
Ads by MACL
