އީރާނުގެ އާ ލީޑަރުންނާއި ވާހަކަ ދައްކަން ތައްޔާރު: ޓްރަމްޕް
އީރާނުގެ އާ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް ރައީސް ޓްރަމްޕް ތައްޔާރުކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ވެރިކަމާ އަލަށް ހަވާލުވި ލީޑަރުންނާ އެކު މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދީފިއެވެ.
ޓްރަމްޕް މިއަދު އެކި މީޑިއާތަކަށް ދެއްވި ބަސްދީގަތުންތަކާ ހަވާލާދީ އެ އޮފިޝަލް ވިދާޅުވީ، ޚާމަނާއީއަށް ފަހު އީރާނުގެ ޒިންމާތަކާ ހަވާލުވި ފަރާތްތަކުން އެމެރިކާއާ އެކު ވާހަކަދެއްކުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
Ads by BMLނަމަވެސް، މިއީ މުޅިން ސައްހަ ވާހަކައެއްކަމަށް އަދި ކަށަވަރުކުރެވިފައި ނުވެއެވެ.
މީގެ އިތުރުން، ވައިޓް ހައުސްގެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ގޮތުން މިފަދަ މަޝްވަރާތަކަކަށް ފުރުސަތު އޮތް ނަމަވެސް، އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް މިވަގުތަށް މެދުކަނޑާނުލައި ކުރިއަށްދާނެއެވެ.
Ads by MACL
