ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނުގެ ވަރުގަދަ ކްލަސްޓަރ ބޮން އިސްރާއިލަށް އަޅައިފި، ބިރުވެރި މަންޒަރާއިއެކު އިސްރާއީލް ސިހިއްޖެ!

އިރާނުގެ ވަރުގަދަ ކްލަސްޓަރ ބޮން އިސްރާއިލަށް އަޅައިފި، ބިރުވެރި މަންޒަރާއިއެކު އިސްރާއީލް ސިހިއްޖެ!

އީރާނުން އިޒްރޭލުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކްލަސްޓަރ ބޮން (ކުދިބޮން އެކުލެވޭ މިސައިލް) ބޭނުންކޮށްގެން ހަމަލާދީފި ކަމަށް އިޒްރޭލު ސިފައިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުޑުމަތިން ދަގަނޑު ބުރިތަކެއް ފަދައިން ގިނަ އަދަދެއްގެ ގޮވާތަކެތި އޮހެމުންދާތަން ފެނެއެވެ.

މި ހަމަލާތަކުގައި އިޒްރޭލުގެ ބެއިޓް ޝެމޭޝް އަދި ތެލް އަވީވް ފަދަ ސިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ބެއިޓް ޝެމޭޝްއިން އެކަނިވެސް ނުވަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ފޮނުވާލި ކްލަސްޓަރ މިސައިލްތަކުގެ ބޮލުން ގާތްގަނޑަކަށް 20 ވަރަކަށް ކުދި ބޮން ވަކިވެ، ބޮޑު ސަރަހައްދަކަށް ފެތުރިގެންދާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ.

އީރާނުން މިހާތަނަށް ސަތޭކައަށްވުރެ ގިނަ މިސައިލާއި ޑްރޯން އިޒްރޭލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ފޮނުވާލާފައިވާ އިރު، މީގެ ތެރެއިން ބައެއް މިސައިލްތަކަކީ އާންމުންނަށް އަމާޒުކޮށް ފޮނުވާލާފައިވާ ހަމަލާތަކެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.