ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް، 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނދާފައި: އަލިފާން މިހާރު ވަނީ ނިއްވާލާފައި. ފޮޓޯ/ އެމްއެންޑީއެފް
މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނދާފައި: އަލިފާން މިހާރު ވަނީ ނިއްވާލާފައި. ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

‏އަލިފާން ރޯވީ މއ. ސިޓީވިލާގައި އެވެ.

އެމްއެންޑީއެފުން ބުނީ އެ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ރޭގެ ދަންވަރު 03:06 ހާއިރު ކަމަށް ވެސް ބުންޏެވެ.

މާލޭގައި ގެއެއްގައި ރޯވެ އަނދުން

އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ގެއްލުންވި އެވެ. ބައެއް ތަންތަން ވަނީ އަނދާހުލިވެފަ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ.

މާލޭގެ ގެެއްގައި ރޯވެ އެނދުން

އަދި އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. ކެއުމުގެ ކަންކަން ވެސް ވަނީ ފަސް ދުވަހަށް ހަމަޖައްސައިދީފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި ސާފެއް ނުވެ އެވެ.