ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނުގެ ޝަހީދު ޑްރޯނުން ސައުދީގެ މައި ތެޔޮ ފެސިލިޓީއަށް ހަމަލާދީފި

އިރާނުގެ ޝަހީދު ޑްރޯނުން ސައުދީގެ މައި ތެޔޮ ފެސިލިޓީއަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި، އަރަމްކޯގެ ފެސިލިޓީއަކަށް އިރާނުން ޑްރޯން ހަމަލާއެއް ދީފި އެވެ.

އެގޮތުން މި ހަމަލާދޭން ބޭނުންކޮށްފައިވަނީ އިރާނު އުފައްދާފައިވާ އެގައުމުގެ އެންމެ ވަރުގަދަ ޑްރީން ޝަހީދު-136 ޑްރޯންއެވެ.

މި ހަމަލާ އަމާޒުވި މަރުކަޒަކީ ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންުފުނި ކަމަށްވާ އަރަމްކޯގެ ތެޔޮ ސާފުކުރާ ފެސިލިޓީއެކެވެ.

ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގައި ހުންނަ ރާސް ތަނޫރާއިން ހިންގާ ސައުދީ އަރަމްކޯ ފެސިލިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ތެޔޮ އެކްސްޕޯޓް ޓާމިނަލެވެ.

މި ފެސިލިޓީއަކީ ސާފުނުކުރާ ތެޔޮ އުފެއްދުމާއި ސާފުކުރުމުގެ އޮޕަރޭޝަންތަކުގައި ވެސް މުހިންމު ފެސިލިޓީއެއް ކަމަށްވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި މި ފެސިލިޓީގެ އެއް ރިފައިނަރީއިން ދުވާލަކު 550،000 ފީފާއަށް ވުރެ ގިނަ ތެޔޮ ޕްރޮސެސް ކުރެއެވެ.