ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޚާމަނާއީ އަނބިކަނބަލުން އަވަހާރަވެއްޖެ

ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޚާމަނާއީ އަނބިކަނބަލުން އަވަހާރަވެއްޖެ

އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އަނބިކަނބަލުން މަންސޫރޭ ޚޯޖެސްތޭ އަވަހާރަވެއްޖެ ކަމަށް ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އަވަހާރަވި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ އަނބިކަނބަލުން، އެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މިހާރު ވަނީ އަވަހާރަވެފައެވެ.

އެކަމަނާ އަކީ އާންމުކޮށް މީޑިއާގެ ސަމާލުކަމަށް ވަޑައިނުގަންނަވާ، އާންމު ދިރިއުޅުމެއް އުޅުއްވާ ބޭފުޅެކެވެ.1964 ވަނަ އަހަރު ކައިވެނި ކުރެއްވިއެވެ.

 އެ ދެކަނބަލުންނަށް 6 ބޭފުޅުން (4 ފިރިހެން، 2 އަންހެން) ބޭފުޅުން ލިބިވަޑައިގަތެވެ.

ޚާމަނާއީގެ އާއިލީ ދިރިއުޅުމާއި އަނބިކަބަލުންގެ މައުލޫމާތުތައް އާންމުކޮށް ވަރަށް ސިއްރުކޮށް ގެންގުޅެއެވެ.