ރަމަޟާންމަހުގެ ފަހުދިހައިގައި ބީއެމްއެލްއިން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އެ ބެންކުން އާންމުކޮށްފިއެވެ.
މިކަން ހާމަކޮށް މީސްމީޑިއާގައި ބީއެމްއެލް އިން އާންމުކުރި ޕޯސްޓެއްގައި ބުނީ، ބީއެމްއެލްގެ ޚިދުމަތްތައް ވަކި ގަޑިތަކެއްގައި ލިބުނުކަމުގައި ވިޔަސް އާއްމުކޮށް އެ ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެކަމަށެވެ.
ބީއެމްއެލް އިން ބުނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެ ބޭންކުގެ ބްރާންޗުތަކުން ހިދުމަތް ހޯދަން ބޭނުންވާނަމަ މާރިޗު މަހުގެ 11 އަދި 18 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 ގެ ނިޔަލަށް ހިދުމަތް ލިބޭނެ ކަމަށެވެ.
Ads by BMLމީގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ މުއްދަތުގައި ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ، ހެންދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
Ads by MACL
