ހަނގުރާމައިގައި އީރާނުން މަރުވި މީހުންގެ އަދަދު 787އަށް
ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 787 މީހުން ޝަހީދުވެފައިވާ ކަމަށް ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލާދީ އެޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
ފެބުރުވަރީ 28ވަނަ ދުވަހު ފެށި ހަނގުރާމައިގައި ތެރެއިން އެމެރިކާގެ އަސްކަރިއްޔާއާއި ޔަހޫދީ ފައުޖުން ދަނީ އީރާންގެ ވެރިރަށް ތަހްރާނާއި ޢާންމުން ދިރިއުޅޭ އެހެން ބޮޑެތި ރަށްތަކަށް ވައިގެ ޙަމަލާ ދެމުންނެވެ.
އެ ޙަމަލާތަކުގައި އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް ޚާމަނާޢީ ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އެ މަނިކުފާނުގެ ޢާއިލާގެ ގިނަ މެންބަރުންތަކެއްގެ އިތުރުން އީރާންގެ ދިފާޢީ އިދާރާތަކާއި އަސްކަރިއްޔާގެ އިސްވާރުންގެ ތެރެއިން ބަޔަކު ޝަހީދު ކޮށްލާފައެވެ.
Ads by BMLއެމެރިކާއާއި ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އަންހެން ކުދިންގެ މަދަރުސާއެއްގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ހިމެނެއެވެ.
ބަދަލު ހިފުމުގެ ގޮތުންނާއި، އީރާންގެ މިނިވަންކަން ދިފާޢު ކުރުމުގެ ގޮތުން އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ޔަހޫދީންނާއި އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. އަދި، އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކަށް ވެސް ޙަަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
އަވައްޓެރި ޤައުމުތަކަށް ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމުގައި އީރާނުން ބުނެއެވެ. އީރާނުން ޤަބޫލު ކުރާ ގޮތުގައި، ގަލްފުގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ އިސްތިޢުމާރީ ބާރުން ފޭރިގަނެފައިވާ ބިންތަކެކެވެ. އަދި، އެ މަރުކަޒުތަކުގެ ސިޔާދަތީ ބާރު އޮތީ އެމެރިކާގެ އަތްދަށުގައެވެ.
މިއީ މިފަހުގެ ތާރީޚެއްގައި މެދުއިރުމަތީގައި ހިނގާ އެންމެ ނުރައްކާތެރި ކުރިމަތިލުންތައްކަމުގައި މުހައްލިލުން ސިފަކުރައްވައެވެ.
Ads by MACL
