ކެތްތެރިކަން ކޮޅުން ލައިފި، އަސްކަރީ ކުރިމަތިލުމަކަށް ނުކުތުން ނޫން ގޮތެއް މިހާރު ނެތް: ލުބުނާން
އިޒްރޭލާއި އެމެރިކާގެ ފައުޖުތަކުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ކެތްތެރިކަން ކޮޅުންލައިފި ކަމަށާއި މި ހަމަލާތަކުގެ ސަބަބުން އަލުން އަސްކަރީ ކުރިމަތިލުންތަކަށް ނުކުތުން ނޫން އިތުރު ގޮތެއް މިހާރު ނެތް ކަމަށް ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ހިޒްބުالله ޖަމާއަތުން ބުނެފި އެވެ.
އިޒްރޭލުން މިހާރު ލުބުނާނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާއި ގުޅިގެން ހިޒްބުالله އިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ބޭނުންވަނީ ހުޅުވާލެވިފައިވާ ބޮޑު ހަނގުރާމައެއް ކުރުމަށް ކަމަށެވެ. އަދި އިޒްރޭލުން އެފަދަ ހަނގުރާމައަކަށް ބޭނުންވާ ނަމަ، އެކަމަށް ހިޒްބުالله އޮތީ ތައްޔާރަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ކެތްތެރިކަން ކޮޅޫންލައިފި، ދެން އެހެން ގޮތެއް ނެތް،" ބަޔާނުގައިވެ އެވެ.
Ads by BMLބަޔާނުގައި އިތުރަށް ބުނީ ދާދި ފަހުން އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ހިޒްބުالله އަށް "މުގާވަމާ" ނުވަތަ ދެކޮޅުވެރިކަމުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިއީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މި ބަޔާނަކީ އިޒްރޭލާއި ހިޒްބުالله އާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެކެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ލުބުނާނާއި އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.
Ads by MACL
