ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

186 މިސައިލާއި 812 ޑްރޯން ހަމަލާ މިހާތަނަށް ޔޫއޭއީއަށް އިރާނުން ފޮނުވި: ޔޫއޭއީ ދިފާއީ ވުޒާރާ

186 މިސައިލާއި 812 ޑްރޯން ހަމަލާ މިހާތަނަށް ޔޫއޭއީއަށް އިރާނުން ފޮނުވި: ޔޫއޭއީ ދިފާއީ ވުޒާރާ

މިހާރު ހިނގަމުންދާ ހަނުގާރާމައިގައި ޔޫއޭއީއާއި ދެކޮޅަށް އިރާނުން 186 މިސައިލާއި 812 ޑްރޯން ހަމަލާ ފޮނުވާފައިވާ ކަމަށް ޔޫއޭއީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެކުވެރި އަރަބި އިމާރާތުގެ (ޔޫ.އޭ.އީ) ދިފާއީ ވުޒާރާގެ ތަރުޖަމާނު ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، އީރާނުން އެ ޤައުމަށް އަމާޒުކޮށް ޖުމްލަ 186 މިސައިލާއި 812 ޑްރޯން ފޮނުވާލާފައިވެއެވެ.

މި ހަމަލާތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ:


  • ފޮނުވާލި 186 މިސައިލްގެ ތެރެއިން 172 މިސައިލެއް ވަނީ ކާމިޔާބުކަމާއެކު ނައްތާލެވިފައެވެ.

  • މީގެ ތެރެއިން 13 މިސައިލެއް ކަނޑަށް ވެއްޓިފައިވާއިރު، އެއް މިސައިލް ވަނީ ޤައުމުގެ ސަރަހައްދަށް ވެއްޓިފައެވެ.

  • ހަމައެއާއެކު، އީރާނުން ފޮނުވާލި 812 ޑްރޯން ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 755 ޑްރޯން ވަނީ ވައިގެ ތެރޭގައި ހުއްޓުވައި ވައްޓާލެވިފައެވެ.


މި ހަމާލާތަކުގައި މިހާތަނަށް ޔޫއޭއީގެ 3 މީހަކު މަރުވެފައިވާ 68 މީހުން ވަނީ ޒަހަމް ވެފައެވެ.