ކޮލަމާފުށީ ކައުންސިލްގެ ކޮރަޕްޝަނާއި ގުޅޭ ބޮޑު 10 މައްސަލައެއް ފެންމަތިކޮށް ތަފްސީލް ހޯދަނީ!
ގއ ކޮލަމާފުށީ ކައުންސިލްގެ ހިނގަމުން މިދާ ދައުރުގެ ތެރޭގައި ކޮށްފައި ހުރި މަސައްކަތްތަކެއް ކޮށްފައިވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ކަމަށާއި އަދި މިކަންކަމުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށައަޅައިފިއެވެ.
ޖުމްލަ 10 މައްސަލައެއް ފާހަގަކޮށް، މި މައްސަލަތަކުގެ ތަފްސީލް ހޯދުމަށް ވަނީ އެދިފައެވެ. މި މައްސަލަ ތަކަކީ:-
ކޮލަމާފުށީ އުތުރު ފަރާތުގެ ބީޗްގައި ކައުންސިލްގެ ހަރަދުގައި ކުޑަކުދިންގެ ޕްލޭސެޓެއް ބުޑުއަޅައި އިންސްޓޯލްކުރުމަށް ހަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ އާއި މި މަސައްކަތްކުރުމަށް އެއްވެސް ބަޔަކާއި ހަވާލުކޮށްފައިވާނަމަ ހަވާލުކުރީ ކޮންބަޔަކާއިތޯއެވެ. އަދި އަގުގެ އިތުރުން އިއުލާނެއް ކޮށްފައިވޭތޯ ވެސް ހޯދުމަށް އެދިފައިވެއެވެ. އަދި މަސައްކަތްކޮށް ބަޖެޓް އެލޮކޭޓް ކުރުމަށް ބޭއްވި ކައުންސިލް ބައްދަލުވުމެއް ބޭއްވިފައިވާނަމަ އެބައްދަލުވުމުގެ ޔައުމިއްޔާ އަދި ބިޑުގެ ތަފްސީލް ވެސް ހޯދުމަށް ވަނީ އެދިފައެވެ.
Ads by BMLކޮލަމާފުށީ ރިންގރޯޑްގައި މަގުބައްތި ހަދައި ބުޑުއަޅައި ހަރުކޮށް ވައިރު އަޅަން ކޮނެ ވައިރު އެޅުމަށް ކައުންސިލުން ހަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ އާއި މަސައްކަތްކުރުމަށް އެއްވެސް ބަޔަކާއި ހަވާލުކޮށްފައިވާނަމަ އަގާއި އަދި މިކަމާއި ގުޅިގެން ކައުންސިލުގެ ޖަލްސާއިން ނިންމާފައިވާ ނިންމުމާއި އެ ޖަލްސާގެ ތަފްސީލް ވެސް ހޯދުމަށް ވަނީ އެދިފައެވެ.
އެރަށުގެ ސްކައި ޖަމިއްޔާއަށް ދީފައިވާ ބިމެއްގައި ކޮލަމާފުށީ މުހައްމަދު ސައީދު ޕާކް ކައުންސިލްގެ ހަރަދުގައި ހަދާފައިވަނީ ޖަމިއްޔާއާއި ކައުންސިލާއި ދެމެދު އެއްބަސްވުމެއް ހަދައިގެންތޯ އާއި މި ޕާކް ހެދުމަށް ކުރި އިއުލާނާއި މިކަމާއި ގުޅިގެން ކައުންސިލްގެ ޖަލްސާގައި ނިންމާފައިވާ ނިންމުމާއި ޔައުމިއްޔާގެ ތަފްސީލް ވެސް ހޯދުމަށް އެދިފައިވެއެވެ. އަދި މި މަސައްކަތުގެ އަގު ހޯދުމަށް ވެސް ވަނީ އެދިފައެވެ.
ކައުންސިލުން ރަށު ރައްޔިތުންނަށް އެންގުންތައް އެންގުމަށް ބޭނުންކުރާ ތާޅަފިލި ހަރުކުރާ އެންޓަނާ ހަރުކުރުމަށް ބުޑު އެޅުމުގެ މަސައްކަތާއި، ކައުންސިލްގެ ބިޑް ކޮމޮޓީއެއް އެކުލަވާލާ އެކޮމިޓީ މިނިސްޓްރީ އޮފް ފިނޭންސަށް ހުށައަޅައިފައި ވޭތޯއާއި މި ކޮމެޓީގެ ހިމެނޭ މެންބަރުންގެ ތަފްސީލް ވެސް ހޯދުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އިންދާފައިވާ ކަނދުރު ރުއް ގެނައުމަށް ކައުންސިލް ޖަލްސާއެއްބާއްވާ އެކަމަށް ބަޖެޓެއް އެކުލަވާލި ތޯއާއި، ބަނދަރުމަތީގައި ކައުންސިލްގެ ހަރަދުގައި ހަދަމުންދާ މަރިޔާދުގެއަށް ކައުންސިލުން ހަރަދުކޮށްފައިވަނީ ކިހާވަރެއްގެ ފައިސާ އެއްތޯއާއި މިކަންކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ހޯދުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން އެރަށުގެ މަގުބައްތި ޖެހުމާއި 2021 ވަނަ އަހަރުން ފެށިގެން ޔޫތު ރެކްރިއޭޝަން ސެންޓަރުގެ ބަޖެޓް ބޭނުންކޮށްފައިވާ ގޮތާއި، މަގުބައްތި ބެލެހެއްޓުމާއި، އިޖްތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ކިހާ ފައިސާއަކަށް ތޯ ހޯދުމަށް އެދިފައިވެއެވެ.
އެރަށުން މިނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ ފާއިތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެކައުންސިލުން އެއްވެސް މަސައްކަތެއް ކުރުމަށް އިއުލާން ކޮށްފައި ނުވާކަމަށެވެ.
Ads by MACL
