ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުރުދުންގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އުރުދުންގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އުރުދުންގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރީ ކޮމިޝަނުން، އެ ގައުމުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލިކަން އިއުލާނުކޮށްފިއެވެ.

މިއީ ހޯމަ ދުވަހުގެ ރޭގަނޑުން ފެށިގެން ވައިގެ ސަރަހައްދު ބައެއް ގޮތްގޮތުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނިންމި ނިންމުމެކެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކާ ގުޅިގެން، ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ފުންކޮށް ދިރާސާކުރުމަށްފަހު ކަމަށެވެ.