ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިޓީބީ ބާލިން 2026 ފަށައިފި؛ މިއަހަރު ރާއްޖޭގެ 67 ކުންފުންޏަކުން 159 މީހުން ބައިވެރިވި

ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2026ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ފަށެށުން
ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2026ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ފަށެށުން

ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2026ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ފަށައިފިއެވެ.

މިއަދު ފެށި މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 67 ކުންފުންޏަކުން ޖުމްލަ 159 މީހުން ވަނީ ބައިވެރިވެފަ އެވެ.

އައިޓީބީ ބާލިންއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ޓްރޭޑް ފެއަރ އެވެ. 1966 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ބާއްވަމުން އަންނަ މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި، ކުންފުނިތަކާއި، ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މައި މަރުކަޒެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެއިން ވަނީ 504 އަކަމީޓަރުގެ ބޮޑު ސްޓޭންޑެއް ތައްޔާރުކޮށްފައެވެ. މިއީ އައިޓީބީ ބާލިންގައި ރާއްޖެއިން މިހާތަނަށް ބައިވެރިވި ހުރިހާ ފަހަރަކާ އަޅާބަލާއިރު ތައްޔާރުކުރި އެންމެ ބޮޑު ސްޓޭންޑެވެ. ހަތަރު ފަރާތުން ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޑަބަލް ޑެކް ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ސަފާރީއެއްގެ ސިފަ ޖެހޭ ގޮތަށެވެ. މި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ކަނޑުމަތީގެ ދަތުރުފަތުރުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވީއެމްސީން ވިދާޅުވެއެވެ.

މިއަހަރުގެ ފެއަރގެ ހަވާސާގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް އިޝްތިހާރުކުރާނެ ކަމަށް ވީއެމްސީން މައުލޫމާތުދެއެވެ. މީގެ އިތުރުން، މާދަމާ ރޭ 'މޯލްޑިވިއަން ނައިޓް' ގެ ނަމުގައި ހާއްސަ ހަރަކާތެއް ރިޓްސް ކާރލްޓަން ބާލިންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ބައިނަލްއަގުވާމީ މީޑިއާތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވާނެއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެއިން ބީ2ބީ ބައްދަލުވުންތައް ބޭއްވުމަށްވެސް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑުގެ އެތެރޭގައިވެސް އަދޮ ދެވަނަ ފަންފިފިލާފައިވެސް ބީ2ބީ މީޓިންތައް ބޭއްވޭނޭ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނީއަތް ފައިދާހުރިގޮތެއްގައި ކުރިއެރުވުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.

މި ފެއަރ މިމަހުގެ 5ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިތުރަށް ވަރުގަދަކޮށް، އާ މާކެޓްތަކަށް ވާސިލުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ސަރުކާރުން ބުނެ އެވެ.