އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ އިޒްރޭލްގެ މޮސާޑަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން މިހާރު އިސްމާއިލް ގާނީ ވަނީ އައިއާރުޖީސީން ދަމްޖައްސާ މަރާލާފައެވެ.
ނުރަސްމީ މަސްދަރުތަކާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި މަސްތަކުގައި ގާނީ އަވަހާރަކޮށްލުމަށް ދިން އެތައް ހަމަލާއަކުން އޭނާ ވަނީ ސަލާމަތްވެފައެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީއާ އެކުގައެވެ. ނަމަވެސް އޭގެ ފަހުން އޭނާ އާންމުންގެ ތެރެއިން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLއައިއާރުޖީސީގެ ތެރޭގައި ގާނީއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދިފައިވާ ކަމަށާއި، އޭނާ އިޒްރޭލަށް މަސައްކަތް ކޮށްދޭ ކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިހާތަނަށް އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިސްމާއިލް ގާނީ ގުދުސް ފޯސްގެ ކޮމާންޑަރުކަމާ ހަވާލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު، އެމެރިކާއިން ބަޣުދާދަށް ދިން ހަމަލާއެއްގައި ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ގުދުސް ފޯސްއަކީ އީރާނުން ގައުމުން ބޭރުގައި ހިންގާ އަސްކަރީ އަދި ސްޓްރެޓީޖިކް އޮޕަރޭޝަންތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ގޮތްޕެވެ.
Ads by MACL
