ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަހަރުގެ ފުރަތަމަ 2 މަސްތެރޭ، ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު
މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު

މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަަށް އެހީތެރިވުމަށް ސަރުކާރުން  ޖުމްލަ 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަމަަށް މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވަޒީރު ވިދާޅުވި ވިގޮތުން އަހަރުގެ ފުރަތަމަ ދެ މަސްތެރޭ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަަށް 54 މިލިއަން ދޫކޮށްފައި ވަނީ ސަރުކާރުން ހިންގަމުންދާ އެކި ސްކީމުތަކުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެފައިވަނީ ދަރިވަރުންނަށް މިނިސްޓްްރީން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކޯލް ސެންޓަރެއް ގާއިމުކޮށް މަހެއްގެ މައްޗަށް އެވެރެޖުކޮށް 1135 ކޯލަށް ޖަވާބުދެމުންދާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަަމުންދާ ދަރިވަރުން ކިޔަވަމުންދާ ގައުމުތަކުގެ ތެރެއިން 25 ގައުމަކަށް ހާއްސަކޮށް ވަޓްސްއަޕް ނަންބަރުތަކެއް ކަނޑައަޅައިގެން މަހެއްގެ މައްޗަށް އެވެރެޖުކޮށް 480 މެސެޖަށް މިނިސްޓްރީން އަންނަނީ ޖަވަބުދެމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރަށް ސްކޮލާޝިޕް ދަރިވަރުންނާއި ހިލޭ ޑިގުރީ ޕްރޮގުރާމާއި ލޯން ސްކީމުތަކުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އެއް މަންސައެއްގެ ތެރެއިން ހަމަޖެއްސުމަށްޓަކައި ކުރި ޕޯޓަލްގެ ނަމުގައި ޕޯޓަލެއް ގާއިމުކޮށް އެ ޕޯޓަލުގެ ހިދުމަތް މިހާރު ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޖަނަވަރީން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ފުރަތަމަ ޑިގުރީ ޕްރޮގުރާމުގައި ކިޔަވަމުންދާ 46 ދަރިވަރަކަށް 556،174 ރުފިޔާ އެ ވުޒާރާއިންވަނީ ދޫކޮށްފއެވެ. އަދި ލޯނު ސްކީމުގެ ދަށުން ކިޔަވަމުންދާ 2001 ދަރިވަރަކަށް ވިހި މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު ސަރުކާރުގެ ސްކޮލާޝިޕްތަކުގައި ކިޔަވަމުންދާ 105 ދަރިވަރަކަށް 33.9 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ސްޓައިޕެންޑް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، އެންމެ ފުރަތަމަ މުރާޖައާކުރާނީ އެންމެ ގިނަ އަދަދަކަށް ދިވެހި ދަރިވަރުން މިހާރު ކިޔަވަމުންދާ ގައުމުތަކަށް ކަނޑައަޅާފައިވާ ސްޓައިޕެންޑުކަން ހާމަކުރައްވާފައެވެ.

އެގޮތުން ސްޓައިޕެންޑް މުރާޖައާކުރުމުގައި އެގައުމުތަކުން ސްޓޫޑެންޓް ވިސާ ދޫކުރުމުގައި ދަރިވަރުންގެ އަތުގައި ހުންނަންޖެހޭނެ ކަމަށް ޝަރުތުކުރާ ފައިސާގެ އަދަދަށާއި އެ ގައުމުތަކުގެ ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރައްވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.