އެމްއެމްއޭއާ ގުޅޭ ތާރީހީ ފޮޓޯތައް ހޯދަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ގުޅުންހުރި ތާރީހީ ފޮޓޯ ހޯދުމަށް އެ އޮތޯރިޓީން އިއުލާންކޮށްފި އެވެ.
އެ އޮތޯރިޓީން ހާމަކުރާ ގޮތުގައި ފޮޓޯތައް ހޯދަނީ އޮތޯރިޓީގެ ތާރީހާ ބެހޭގޮތުން ތައްޔާރުކުރަމުންދާ ފޮތެއްގައި ބޭނުންކުރުމަށެވެ. މި ގޮތުން ހުށަހެޅޭ ފޮޓޯތައް ފޮތުގައި ބޭނުންކުރާނީ ފޮޓޯގެ ވެރިފަރާތާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ކަމުގައި އެމްއެމްއޭގެ އިއުލާނުގައިވެ އެވެ.
ތާރީޚީ ފޮޓޯތައް ފޮނުއްވުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 3ގެ ކުރިންނެވެ.
Ads by BMLފޮޓޯ ފޮނުވަންޖެހޭނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
Ads by MACL
