ފ ނިލަންދޫ އެއާޕޯޓްގެ ބިންވެސް ހިއްކާ ނިންމާލައިފި
ފ.ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއިއެވެ.
ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 2024 ވަނަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް 45.6 ހެކްޓަރުގެ ބިން ހިއްކައެވެ.އެމްޓީސީސީން ވިދާޅުވީ ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަމަށެވެ. ފަޅު ފުންކުރުމާއި ވެލި އެޅުމުގެ މަސައްކަތާއެކު މި މަޝްރޫއުގެ ޖުމްލަ 74 އިންސައްތަ ނިމިފައިވާކަމަށެވެ. ބިން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައްވެސް މިހާރު ސައިޓުގައި ވަނީ ފަށާފައެވެ.
Ads by MACL
