ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާގެ އަސްކަރިއްޔާއަށް އެއްބާރުލުން ދިނުމަށް ސްޕެއިންގެ ސަރުކާރުން ނިންމައިފި

އެމެރިކާގެ އަސްކަރިއްޔާއަށް އެއްބާރުލުން ދިނުމަށް ސްޕެއިންގެ ސަރުކާރުން ނިންމައިފި

އެމެރިކާގެ އަސްކަރިއްޔާއަށް އެއްބާރުލުން ދިނުމަށް ސްޕެއިންގެ ސަރުކާރުން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއާ އެކު އެއްބާރުލުން ދިނުމަށް ސްޕެއިން އިން މިހާރު ވަނީ އެއްބަސްވެފައެވެ.

އީރާނަށް ހަމަލާދިނުމަށްޓަކައި ސްޕެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ސްޕެއިން އިން އިންކާރުކުރުމާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ވިޔަފާރީގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިން ވަނީ ދެއްވާފައެވެ.

މިކަމާ ގުޅޭގޮތުން ސްޕެއިންގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.