އެމީހެއްގެ ވެރިރައްބާ ބައްދަލު ކުރަން އެދޭ މީހާ!
الشَّيْخ مُحَمَّدُ أَفْضَل
ތިބާގެ ވެރިރައްބާ ބައްދަލުކުރަން އެދޭނަމަ އެކަންވާނެއެވެ. ތިބާއީ އެ ރައްބުގެ މަޚްލޫގެކެވެ. ރައްބަކީ މަޚްލޫގުންދެކެ އިންތިހާއަށް ލޯބިވެވޮޑިގެންވާ ފަރާތެކެވެ.
ތިބާ އާއި އެނޫން ހުރިހާ މަޚްލޫޤުންނެއް ހެއްދެވި ރައްބަކީ ﷲُ تَبَارَكَ وَتَعَالَىއެވެ. އެއީ ޢާލަމްތަކުގެ ވެރިއިލާހެވެ. މީސްތަކުންނަށް ހިދާޔަތެއްކަމުގައި ފޮނުއްވި އެ އިލާހުގެ ފޮތް ފައްޓަވަމުން ވަޙީ ކުރައްވަނީ:- ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ (الفاتحة: ٢) މާނައީ:- "حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ". ޢާލަމް ތަކުގެ ވެރިރައްބާ ބައްދަލުކުރަން އެދޭނަމަ ތިމާކުރަންވީ ކޮންކަމެއްބާއެވެ؟ ކަހަފް ސޫރަތުގެ އެންމެ ފަހު އާޔަތުގައި ﷲ ވަޙީކުރައްވަނީ ﴿ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ (الكهف: ١١٠) މާނައީ: "...ފަހެ، އެމީހެއްގެ ވެރިރައްބާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عملން عملކުރާ ހުށިކަމެވެ! އަދި އެ މީހާގެ ވެރިރަސްކަލާނގެއަށް އަޅުކަން-ކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާ ހުށިކަމެވެ!" މިއެވެ. މި އާޔަތުން އެނގެނީ صالح عملން عملކުރާ މީހާ އާއި، އެ މީހެއްގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް ފަރާތެއް ބައިވެރި ނުކުރާ މީހާއަށް، އޭނާގެ ރައްބާ ބައްދަލު ކުރެވޭނެ ކަމެވެ.
ޞާލިޙު ހެޔޮ ޢަމަލަކީ ﷲ ރުހިވޮޑިގެންވާ ކޮންމެ ޢަމަލެކެވެ. އެއީ ކޮންކޮން ޢަމަލު ތަކެއްކަން އިންސާނުންނަށް ބަޔާން ކޮށްދެއްވީ އެ އިލާހުގެ ރަސޫލާ مُحَمَّدٌ صَلَى اللهُ عَلَيْهِ وَسَلَّمއެވެ. އިތުރު އެކަލޭގެފާނު ބަޔާންކޮށްދެއްވި ގޮތަށް ކުރާ ކޮންމެ ޢަމަލަކީ ހެޔޮ ޢަމަލެކެވެ. ﷲއަށް އަޅުކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަކީ ކުރާ ހުރިހާ ކަމެއް ހުރިހާ މާނައެއްގައި ހަމައެކަނި ﷲُ تَبَارَكَ وَتَعَالَىގެ ވަޖުހުފުޅު އަދައިގެން ކުރުމެވެ. އެއްވެސް އަޅުކަމެއްގައި ﷲނޫން ފަރާތެއްގެ ލޯތްބާއި ރުހުން އެދޭނަމަ، އެ ބަޔަކުގެ ކިބައިން އެ ހޯދި ލޯތްބާއި ރުހުމުގެ މައްޗަށް ﷲُ تَعَالَىއެ މީހަކު ދޫކުރައްވާނެތެވެ.
Ads by BMLއަޅުކަމުގައި ﷲ ނޫން ފަރާތެއްގެ ރުހުން ހޯދީތީއެވެ. އަޅަމެންނީ ވެރިރައްބާއި ބައްދަލުވުމަށް އެދި صالح عملން عملކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަދި އެކަލާނގެއަށް އަޅުކަން-ކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ!
Ads by MACL
