ސަރުކާރާއި ދެކޮޅު ކައުންސިލެއް އޮވެގެން ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ވަރަށް އުނދަގޫވޭ: ނަޒީމް
ސަރުކާރާއި ދެކޮޅު ކައުންސިލެއް އޮވެގެން ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ވަރަށް އުނދަގޫ ކަމަަސް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެއްޖެއެވެ.
ނަޒީމް މިހެން ވިދާޅުވީ ގެމަނަފުށީ ކައުންސިލް ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޒީމް ވިދާޅުވީ އެކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އެމްޑީޕީގެ ކައުންސިލް ތަކުން ވަރަށް އުނދަގޫ ޖައްސާކަމުގައެވެ.
Ads by BMLމިސާލެއްގެ ގޮތުން ނަޒީމް ވިދާޅުވީ ރަށެއްގެ މިސްކިތެއް އެޅުމަށް ބަޖެޓް ހަމަޖެހި ސަރުކާރުން އެކުންފުންޏާއި ހަވާލު ކުރި ކަމަށާއި އެހެން ނަމަވެސް އެރަށުގެ ކައުންސިލިން ބިން ހަމަޖައްސައި ނުދީގެން މަސައްކަތް ނުފެށިވާކަމަށެވެ.
އެހެންކަމުން ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓުން ހޮވައި ދިނުމަށް އެދޭ ކަމަށެވެ.
އާރްޑީސީން ދަނީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި މަގުހެދުމާއި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގަމުންނެވެ.
Ads by MACL
