ލާމަރުކަޒީ ނިޒާމްގެ މެޑަލް ހައްގުވަނީ ރައީސް ޑރ މުއިއްޒުއަށް: ވަޒީރު އަސްވާޑް
ލާމަރުކަޒީ ނިޒާމްގެ މެޑަލް މިރާއްޖޭގައި އެންމެ ހައްގުވެރި ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ކަމަށް ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.
އަސްވާޑް މިހެން ވިދާޅުވީ ގއ ގެމަނަފުށީ ކައުންސިލްގެ ކެމްޕެއިން ފެއްޓުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަސްވާޑް ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ އެންމެ ތަޖުރިބާ ހުންނެވި ފަރާތަކަށްވާނީ ރައީސް ކަމަށެވެ. އަދި މި ރާއްޖޭގައި ޑަބްލިއުޑީސީ އެއްގެ ދަރަޖަ ރަސްމީ ހައިސިއްޔަތުން ބާރުދެއްވީ ރައީސް ކަމަށެވެ.
” އޭރު ޑަބްލިއުޑީސީއަށް ނެތް ބަޖެޓެއް. ރޯދަ އެލަވަންސްވެސް ނުދޭ. އެހެންނަމަވެސް ރައީސް އެންމެ ފުރަތަމަ ދެއްވި ސަމާލު ކަމަކީ މި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުން. އެކަން ކޮށްދެއްވީ އަދުގެ ރައީސް- އަސްވާޑް
އަސްވާޑު ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭ ކައުންސިލެއް އޮތުން މުހިންމު ކަމަށެވެ. ރައީސްގެ ތަރައްގީގެ މަސައްކަތު ސްޕީޑަކީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ މަސައްކަތްތަކެއް ކަމުން މި މަސައްކަތްތަކަށް އެއްބާރުލުން ދޭ ކައުންސިލެއް ކޮންމެ ރަށެއްގައި އޮތުން މުހިންމު ކަމެއްކަމަށެވެ.
Ads by BMLއެހެންކަމުން ގެމަނަފުށީ ކައުންސިލަށްވެސް ސަރުކާރާއިއެކު މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބު ކޮށްދެއްވުން އެދޭ ކަމަށެވެ.
Ads by MACL
