ރަމަޟާންމަހުގެ ފަހު 10: 35 މިސްކިތެއްގައި ދަމު ނަމާދު؛ އިޢުތިކާފަށް 25 މިސްކިތެއް
ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމު ނަމާދު ކުރާނެކަމަށާއި އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ރަޟާންމަހުގެ ފަހު 10 ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ އިންތިޒާމުކުރުމެކެވެ.
ރަމަޟާންމަހުގެ ފަހު 10 ގައި ދަމުނަމާދު ،ކުރާ މިސްކިތް ތަކަށް ބަލާއިރު؛
- މާލޭގެ 21 މިސްކިތް
- ވިލިމާލޭގެ 3 މިސްކިތް
- ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 6 މިސްކިތް
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ 5 މިސްކިތް
އިއުތިކާފަށް ތިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތްތައް:
- މާލޭގެ 16 މިސްކިތް
- ވިލިމާލޭގެ 1 މިސްކިތް އެއީ މަސްޖިދުލްބިއްރީ
- ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މިސްކކިތް
- ހުޅުމާ؛ެ ދެވަނަ ފިޔަވަހީގެ 3 މިސްކިތް
ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 އެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.
Ads by BMLދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެންނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ.
Ads by MACL
