ލާރިޖާނީ ގެ އިންޒާރެއް ޓްރަމްޕަށް: އަހަރެމެން ކަލޭމެންގެ ސިފައިން ހިފާ ހައްޔަރުކުރާ ވަގުތު އޮތީ ދާދި ގާތުގަ
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ލާރިޖާނީ، އެމެރިކާގެ ސިފައިން ހައްޔަރުކުރާނެ ވަގުތަކަށް އެމެރިކާއިން އިންތިޒާރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.
ލާރިޖާނީގެ އަމިއްލަ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ބައެއް އޮފިޝަލުން އެތައް ހާސް ސިފައިންނާއެކު އެއްގަމު މަގުން އީރާނަށް ވަނުމަށް ގަސްދުކުރާ ކަމަށް ބުނެފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އިމާމް ޚުމައިނީ އާއި އިމާމް ޚާމަނާއީގެ ހަނގުރާމަވެރި ދަރިން ތިބީ އެމެރިކާގެ އެ ނުބައި އޮފިޝަލުންގެ އެތައް ހާސް ބަޔަކު މަރާލައި، އަދި އަސީރުންގެ ގޮތުގައި ހައްޔަރުކޮށް، އެމެރިކާގެ އަގު ވައްޓާލުމުގެ އިންތިޒާރުގައި ކަމަށެވެ.
ލާރިޖާނީ ވަނީ އީރާނުގެ ބިމަކީ އެމެރިކާގެ ސިފައިންނަށް ފަސޭހަކަމާއެކު އަރައިގަނެ، ހަރަކާތްތެރިވެވޭނެ ތަނެއް ނޫންކަމަށް ވިދާޅުވެފައެވެ.
Ads by MACL
