ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓްރަމްޕްގެ މާޔޫސްކަން ފިލުވަން އިންޓަ މިއާމީ ޖާޒީއެއް ހިފައިގެން މެސީ ވައިޓް ހައުސް އަށް

ވައިޓް ހައުސްގައި މެސީ ޓްރަމްޕްއަށް ރަމްޒީ ޖާޒީ ހަވާލު ކުރަނީ
ވައިޓް ހައުސްގައި މެސީ ޓްރަމްޕްއަށް ރަމްޒީ ޖާޒީ ހަވާލު ކުރަނީ

އިސްރޭލާއި ބައިވެރިވެގެން އިސްވެ އީރާނާއި ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި ކުރި ނުލިބޭތީ ކަންބޮޑުވެ ހާސްކަމުގައި ހުއްޓާ އާޖެންޓީނާ އާއި އިންޓަ މިއާމީގެ ތަރި ލިއޮނެލް މެސީ ޖާޒީއެއް ހިފައިގެން ވައިޓް ހައުސްއަށް ޒިޔާރަތެއް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންނެފި އެވެ.

މި ދަނޑިވަޅަކީ ޓްރަމްޕް އާއި އޭނާގެ ބައިވެރިންނަށް ނުހަނު ހިތާމައާއި ހިތްދަތިކަމާއި މާޔޫސްކަން ވެރިވެފައިވާ ދަނޑިވަޅެއް ކަމަށާއި އީރާނުގެ ވަރުގަދަ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިންނަށް ކުރި ނުލިބޭތީ އެކަމުގެ ހިތާމަ ފިލުވަން ވައިޓް ހައުސްގައި ހަފްލާއެއް ބާއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަކްފާއަކީ 2025 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ކާމިޔާބުކުރި އިންޓަ މިއާމީ ސީއެފްގެ ޝަރަފުގައި ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ކަމަށްވެ އެވެ. އެގޮތުން މާރިޗު 5 ވީ ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ އީސްޓް ރޫމްގައި ބޭއްވި މި ހަފްލާގައި އިންޓަ މިއާމީގެ ތަރި ލިއޮނަލް މެސީ އާއި ޓީމުގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށް އެމެރިކާގެ ޚަބަރުތަކުން ބުނެ އެވެ.

މި ރަސްމިއްޔާތަކީ އިންޓަ މިއާމީން ވެންކޫވާ ވައިޓްކެޕްސް 3-1 އިން ބަލިކޮށް، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެމްއެލްއެސް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ބޭއްވި ހަރަކާތެއް ކަމަށާއި އަދި ވައިޓް ހައުސްއަށް ދައުވަތު ދިނީ ޓްރަމްޕް އިސްވެ، ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރަން ކަމަށް ބުނެފައިވެ އެވެ.

މި ހަފްލާ ފެށިގެން ކުރިޔަށް ދިޔައިރުގައި ވެސް ޓްރަމްޕް ހުރީ މާޔޫސްވެ ފެންކަޅިވެފައި ކަމަށާއި ނަމަވެސް މި ހަފްލާގެ ތެރެއިން ލިއޮނަލް މެސީ ގޮސް ޓްރަމްޕާ ސަލާމްކުރައްވައި، ޓީމުގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި އިންޓަ މިއާމީގެ ޖާޒީއެއް އެރުވި ހިސާބުބް ގަދަކަމުން ހިނިތުން ވެލި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރައީސް ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، އެ ވަގުތު ވެސް ދެއްކެވީ އިރާންގެ ހަމަލާތަކުގެ ވާހަތައް ކަމަށާއި އެވާހަކަތައް އަޑު އަހާފައި މެސީ އާއި ޓީމުގެ ބައިވެރިން ތިއްބީ ހައިރާންކަމެއްގެ ތެރޭގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.