ޔަހޫދީ އިސްރާއީލުގެ މައި އެއާޕޯޓަށް އީރާނުން ކާމިޔާބު ހަމަލާތަކެއް ދީފި، އިސްރާއީލް ހަނު!
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދެވަނަ ހަފުތާއަކަށް ފެށިގެންދިޔައިރު، އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓަށް އަރާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އީރާނުން ވަނީ ގަލްފް ސަރަހައްދުގައި ހުރި އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހަނގުރާމައިގެ "އާ މަރުހަލާއެއް" ފެށިފައިވާކަން އިއުލާނުކޮށް، އީރާނުގެ ވެރިރަށް ތެހެރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ތެހެރާން ޔުނިވާސިޓީ ކައިރިއަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވެފައިވަނީ އީރާނާއި ތެހެރާނަށް ދޭ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
މި ހަނގުރާމައިގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް އީރާނުން 1,332 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ލުބުނާނުގެ ދެކުނާއި އިރުމަތީގެ ރަށްތަކަށާއި ބައިރޫތުގެ ސަރަހައްދުތަކަށްވެސް އިސްރާއީލުން ވަނީ ބޮން އަޅާފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައިރޫތުގެ ދެކުނު ސަރަހައްދުތަކުން ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައެވެ.
ނިއުޔޯކް ޓައިމްސްއިން ކުރި ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ދެކުނުގައި ހުންނަ ޝަޖަރާ ތައްޔިބާ ޕްރައިމަރީ ސުކޫލަށް ދިން ހަމަލާއަކީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެކެވެ. މި ހަމަލާގައި 170 އަށްވުރެ ގިނަ އަންހެން ކުދިންނާއި މުވައްޒަފުން މަރުވެފައިވާއިރު، މިއީ މިހާތަނަށް އާންމުންގެ ގިނަ ބަޔަކު މަރުވި އެންމެ ނުރައްކާތެރި ހަމަލާއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށާއި ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން މެދުކަނޑާލާފައިވާ އެހީގެ މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އީސްޓަން މެޑިޓަރޭނިއަން ޗީފް ހަނާން ބަލްޚީ ވިދާޅުވީ، މި މެދުކަނޑާލުމުގެ ސަބަބުން ލުބުނާން، ގާޒާ، ޔަމަން އަދި ސޯމާލިއާ ހިމެނޭހެން 25 ގައުމަކަށް ފޮނުވަން ހުރި ކުއްލި އެހީގެ ސާމާނުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.
Ads by MACL
