އިރާނުގެ އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ 6 ދުވަސް!
އިރާނުގައި މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި އޮންނަތާ ހަ ދުވަސް ވެފައިވާއިރު، އެ ގައުމު އަދިވެސް އޮތީ ދުނިޔެއާ އެކަހެރިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ދުނިޔޭގެ އިންޓަނެޓްގެ ހާލަތު މޮނިޓަރ ކުރާ ޖަމިއްޔާއެއް ކަމަށްވާ ނެޓްބްލޮކްސް އިން ހާމަކޮށްފައިވާ ގޮތުގައި، އިރާނުގެ އިންޓަނެޓް ކަނޑާލިތާ 144 ގަޑިއިރު ވެފައިވާއިރު، އެ ގައުމުގައި މިވަގުތު އިންޓަނެޓްގެ ކަނެކްޓިވިޓީ ހުރީ އެންމެ 1 އިންސައްތަ ގައެވެ. މިއީ މުޅި ގައުމު އަނދިރިކަމެއްގެ ތެރޭގައި އޮތް ކަމުގެ ހެއްކެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ.
މި ބޮޑު ބްލެކްއައުޓާ ގުޅިގެން އިރާނުގެ އެތެރޭގެ މައުލޫމާތުތައް ބޭރު ދުނިޔެއަށް ލިބުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނެޓްބްލޮކްސް އިން ބުނާ ގޮތުގައި ހަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ހިދުމަތް އިއާދަކުރުމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
Ads by BMLއިރާނުގެ އިންޓަނެޓް ހިދުމަތް މިހާ ބޮޑަށް މެދުކެނޑިފައި މިވަނީ އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ބެލެވޭއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ހިންގި އެންމެ ވަރުގަދަ އިންޓަނެޓް ބްލެކްއައުޓް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
Ads by MACL
