ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން ތަރައްގީއަށް ހުރަސް ނޭޅޭނެކަމަށް އިދިކޮޅުން ބުނާބުނުމަށް ނައިބުރައީސް ގެ ވަރުގަދަ ރައްދެއް!

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ކެމްޕެއިން ޖަގަހަ އިފްތިތާޙް ކުރުމުގެ ޙަފްލާގެ ތެރެއިން ނައިބުރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ކެމްޕެއިން ޖަގަހަ އިފްތިތާޙް ކުރުމުގެ ޙަފްލާގެ ތެރެއިން ނައިބުރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޖާގަ ދިން ނަމަވެސް ތަރައްގީއަށް ހުރަސް ނޭޅޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ނާއިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އެމްޑީޕީން ބުނަމުން ގެންދަނީ އެ ޕާޓީއަށް ނުވަތަ ސަރުކާރާ އިދިކޮޅު ކެނޑިޑޭޓުންނަށް އިންތިޚާބުގައި ފުރުސަތު ދިނުމަކީ މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅޭނޭ ކަމެއް ނޫން ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި އިދިކޮޅުގެ މިވާހަތަކަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ސުވާލެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން ނައިބުރައީސް ކުރިމަތިކުރެއްވި ސުވާލަކީ "މިހާރު ސަރުކާރަށް އެއްބާރުލުން ދެންތޯ؟" މި ސުވާލެވެ.


މި ސުވާލަށް ފަހު އޭގެ ޖަވާބު އިދިކޮޅު ފަރާތްތަކަށް ދޫކޮށްލައްވައި އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި އޮންނަ ކައުންސިލުތައް ވެގެންދާންޖެހޭނީ އޭރަކު އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ފުރުހަމައަށް އެއްބާރުކުން ދޭ ކައުންސިލްތަކަށް ވާން ޖެހޭނޭ ކަމަށެވެ.

އެހެން ނަމަވެސް މާޒީއަށް ބަލާއިރު އިދިކޮޅު ވާދަވެރި ކައުންސިލް ތަކުން ފެނިގެން ދަނީ ސަރުކާރަށް އެއްބާރުލުން ނުދީ، އަދި އޭގެ ބަދަލުގައި ޖެއްސުން ކުރަމުންގެދާތަން ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ އަމަލާއި ބަސް ދިމާނުވާކަމަށާއި އެންމެ ފުރަތަމަ އިންތިހާބުތައް އެއްކޮށްލުމަށް ގޮވާލުމަށް ފަހު މިއަދު އެކަމާ ދެކޮޅު ހެދުން އެއީ އަމަލާއި ބަސް ދިމާ ނުވާކަމުގެ ހެއްކެެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވާދަވެރިން އެބަ ބުނޭ މިހާތަނަށް ވެސް ކޮބާހޭ ކުރި އުނދަގުލަކީ، ނޫނީ މާދާމާ ތިމަންނާމެން އިންތިހާބު ކޮށްގެން ކޮބާހޭ ކުރާނެ އުނދަގުލަކީ؟. ދަންނަވާލަން ބޭނުންވަނީ މިއަދު އެބޭފުޅުން ޕޯޑިއަމްތަކުގައި އެވާހަކަ ދައްކަނީ ސަރުކާރަށް އެއްބާރުލުން ދީގެންތޯ، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށްގެންތޯ؟. ނުވަތަ ރައީސް ނިންމަވާ ނިންމެވުންތަކަށް ފުރިހަމައަށް ތާއީދުކޮށްގެން ސަރުކާރަށް އެއްބާރުލުން ދޭން ރައްޔިތުންނަށް ހެޔޮ ވިސްނުން އިސްކުރުމަށް ބާރު އަޅަމުންތޯއޭ މިއަދު ކެމްޕެއިން ކުރައްވަނީއެ. "

ނާއިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.


ނާއިބު ރައީސް ވަނީ ރަށަށް މޮޅު ގޮތް ހޯދައިދޭން އެދޭނަމަ ކޮންގްރެސް ޕާޓީއަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.