ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ!

ހައިވޭގައި ދެ ކާރަކާއި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ ތެރެއިން
ހައިވޭގައި ދެ ކާރަކާއި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ ތެރެއިން

ސިނަމާލެ ބްރިޖު ހައިވޭގައި ކާރަކާއި ދެ ސައިކަލު ޖެހި .ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި މި އެކްސިޑެންޓު ހިނގީ ހަތަރު އުޅަނދެއް ޖެހިގެންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދެ ކާރާއި ދެ ސައިކަލުކަމަށެވެ. މި އެކްސީޑެންޓް ރިޕޯޓު ކުރީ ރޭގެ ދަންވަރު 12:00 ގައި ކަމަށް ފުލުހުން ވިދާޅުވެ އެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.