ޕްރިންސަސް ޑަޔާނާ އަވަހާރަކޮށްލީ އިޒްރޭލުންކަން ފަޅާއަރައިފި
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން ދާދި ފަހުން އާންމުކުރި ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅޭ ސިއްރު ލިޔެކިޔުންތަކުގެ ތެރޭގައި، 1997 ވަނަ އަހަރު ޕްރިންސަސް ޑަޔާނާ އަވަހާރަކޮށްލުމުގެ ފަހަތުގައި އިޒްރޭލުގެ އަތެއްވާ ކަމަށް ބުނާ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
މި ލިޔެކިޔުންތަކުގައިވާ ގޮތުން، ޑަޔާނާ އަވަހާރަކޮށްލުމުގެ ރޭވުން ރާވާފައިވަނީ ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކެއް ހިމެނޭ ޕެޑޮފައިލް ނެޓްވޯކެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ވިއުގައެއް ސިއްރުކުރުމުގެ ބޭނުމުގައެވެ.
މި ނެޓްވޯކަކީ ބްލެކްމެއިލް ކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި އިޒްރޭލުން ބޭނުންކުރަމުންދިޔަ އެއްޗެއް ކަމަށްވެސް އެ ލިޔެކިޔުންތަކުން ދޭހަވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
Ads by BMLޑީ.އޯ.ޖޭ ވޯލްޓުން ފެނުނު މި ހެކިތަކަކީ މިހާތަނަށް ސިއްރުކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށްވާއިރު، މިއީ ޑަޔާނާގެ މަރާ ގުޅޭގޮތުން މިހާތަނަށް ފެންމަތިވި އެންމެ ބޮޑު އެއް ތުހުމަތެވެ. މި ރިޕޯޓްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
Ads by MACL
