ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅަނގުގެ މުޅި މީޑިއާ ކޮންޓްރޯލް ކުރުމަށް ނަތަންޔާހޫ ސިއްރު ރޭވުންތަކެއް ރާވަމުންްދާ ކަމަށް ބުނެފި

ހުޅަނގުގެ މުޅި މީޑިއާ ކޮންޓްރޯލް ކުރުމަށް ނަތަންޔާހޫ ސިއްރު ރޭވުންތަކެއް ރާވަމުންްދާ ކަމަށް ބުނެފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ މައި މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކޮންޓްރޯލް ކުރުމަށް ރާވަމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ. މިކަމުގެ ސަބަބުން ހުޅަނގުގެ މައި މީޑިއާތަކުގެ މިނިވަންކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

މި މައުލޫމާތުތައް ހާމަކުރި ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން ދަނީ ހުޅަނގުގެ މީޑިއާތަކުގެ މައްޗަށް ނުފޫޒު ފޯރުވަމުންނެވެ. އަދި މިއީ ހުޅަނގުގެ މައި މީޑިއާތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ މައިގަނޑު ސަބަބު ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެމެރިކާ އާއި މުޅި ދުނިޔެއަށް ވެސް އިސްރާއީލުން ދަނީ "އިސްރާއީލް ފަސްޓް" ނުވަތަ އިސްރާއީލަށް އިސްކަންދޭ ފަދަ ގޮތަކަށް މައުލޫމާތު ފަތުރައި، މީހުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރިއަށްދާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަސައްކަތްތަކަކީ މިހާރު ސިއްރުން ކުރާ ކަންތައްތަކެއް ނޫން ކަމަށާއި، އިސްރާއީލުން މިކަންކަން ކުރަނީ އެއްވެސް ފޮރުވުމެއް ނެތި ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީޑިއާގެ މި ނުފޫޒުގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަހުގައި ހަގީގީ މައުލޫމާތު ފެތުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ބެލެވެއެވެ.