ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

ކަސްޓަމަސް އިން ވަނީ ރާއްޖެ އެތެރެކުރަނބް އުޅުނު 99،000 ސިނގިރޭޓު އަތުލާފައި
ކަސްޓަމަސް އިން ވަނީ ރާއްޖެ އެތެރެކުރަނބް އުޅުނު 99،000 ސިނގިރޭޓު އަތުލާފައި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000  ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ތަކެތި އަތުލައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ފަހުގެ މައުލޫމާތު ދެއްވަމުން މިފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެފައިވަނީ ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގަނެވިފައި ވާކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ ގާނޫނު ހަރުކަށި ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މަސައްކަތް ކުރާ މީހުން ހުއްޓުވަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރުވެސް އެފަދަ ބޮޑެތި އެތައް މައްސަލަތަކެއް ދަނީ ބަލަމުން ނެވެ.

މިދިޔަ ދޮޅުމަސްތުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިޔަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

އެކަމުގައި ވަކި މީހަކަށް ބެލުމެއް ނެތި ސަރުކާރުގެ އިދާރާތަކުން ދަނީ ގާނޫނު ތަންފީޒު ކުރަމުން ނެވެ.