ރަޝިއާ އިންޓެލިޖެންސް: އީރާނުގެ ހަމަލާތަކުގައި އިޒްރޭލްގެ 11 ނިއުކްލިއާ ސައިންޓިސްޓުންނާއި މޮސާޑުގެ 32 އެޖެންޓުން ވަނީ މަރުވެފަ
އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާތަކުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި، އިޒްރޭލުގެ ނިއުކްލިއާ މަރުކަޒެއް ކަމަށްވާ ޑިމޯނާގެ ކޮންޓްރޯލް ގެއްލި، އެ ގައުމުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަޝިޔާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ކަށަވަރުކޮށްދީފި އެވެ.
ރަޝިޔާގެ ޖާސޫސީ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އީރާނުގެ މި ހަމަލާތަކުގައި އިސްރާއީލުގެ 11 ނިއުކްލިއާ ސައިންޓިސްޓުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) ގެ 6 ޖެނެރަލުންނާއި، އެއާފޯސްގެ 198 އޮފިސަރުން މި ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތަކުގައި އިސްރާއީލުގެ އެހެނިހެން ދާއިރާތަކަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، 462 ސިފައިން މަރުވެފައިވާ އިރު، އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ 32 އެޖެންޓުން ވެސް ވަނީ މަރުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އިޒްރޭލުގެ އަސްކަރީ އަދި ސައިންޓިފިކް ދާއިރާއަށް އެއްފަހަރާ ލިބުނު އެންމެ ބޮޑު އެއް ގެއްލުމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ރަޝިޔާގެ އިންޓެލިޖެންސުން ބުނާ ގޮތުގައި، ޑިމޯނާ ނިއުކްލިއާ މަރުކަޒަށް ލިބުނު ގެއްލުންތަކާއެކު އިޒްރޭލަށް އެ ތަނުގެ އެކްސެސް ނުވަތަ ބާރުވެރިކަން ވަނީ ގެއްލިފައެވެ. މި ހާދިސާއަކީ އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން ކުރިމަތިވި ނަތީޖާއެއް ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
Ads by MACL
