ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ހިދުމަތް އައިޖީއެމްއެޗުގައި ތައާރަފުކޮށްފި

ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ހިދުމަތް އައިޖީއެމްއެޗުގައި ތައާރަފުކޮށްފި

ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ހިދުމަތް އައިޖީއެމްއެޗުގައި ތައާރަފުކޮށްފި އެވެ.

މި ޚިދުމަތް ތައާރަފު ކުރިކަން ހާމަކުރީ ސަރުކާރުގެ މައި ހޮަސްޕިޓަލް އައިޖީއެމްއެޗުން އާންމުކުރި ވީޑިއޯއެއްގަ އެވެ.

އެ ހޮސްޕިޓަލުން އާންމުކުރި މި ވީޑިއޯގައި ރާއްޖޭގައި ހުރި ނިއުރޯ ސާޖަންގެ އެންމެ ތަޖުރިބާކާރު ޑރ. އަލީ ނިޔާފު ވަނީ އަލަށް ތައާރަފު ކުރި މި ޚުދުމަތުގެ ތަފްސީލު ދެއްވާފަ އެވެ.

ޑރ ނިޔާފު ވިދާޅުވީ، އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިންއަކީ ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ވަސީލަތެއް ކަމަށެވެ.

"ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ހިދުމަތް އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން މިހާރު މިވަނީ ތައާރަފުކޮށްފަ. މި ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ. މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފަރުވާގެ ފެންވަރު މަތިކުރުމަށް މި ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދި މުހިންމު ކުރިއެރުމެއް."

ހޮސްޕިޓަލުން އާންމުކުރި ވީޑިއާގައި ބުނެފައިވޭ

އޭނާ ވިދާޅުވި ގޮތުގައި އެ ވަސީލަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ސާޖަރީ ހަދަމުންދާ ވަގުތު ނާރުތަކުގެ ފަންކްޝަންތައް ޑޮކްޓަރުންނަށް ފެނި، ނާރަކަށް ގެއްލުމެއް ވާ ނަމަ އެކަމަށް ސަމާލުވާން ފުރުސަތު ލިބުން ކަަމަށެވެ. ސާޖަރީ ހަދާ ވަގުތު އެ ސާޖަރީއާ ގުޅުން ނެތް ނާރަކާ ހިސާބަށް ދެވޭ ނަމަ ކުރިން އެކަން ޑޮކްޓަރުންނަށް އެލާމް ކުރާނެ އެވެ. އަދި ނާރަކަށް ގެއްލުމެއް ވާ ނަމަ އެ ޕަސެންޓޭޖާ އެކު އެނގޭނެ ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.



އެއާ އެކީގައި އޮޕަރޭޝަންގައި ކުރަމުންދާ ކަމެއް ބަދަލުކޮށް، ނޫނީ އެހެން ހިސާބަކުން ސާޖަރީ ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށް ވެސް ޑރ ނިޔާފް ވިދާޅުވި އެވެ.

އޭގެ އިތުރުން އެންމެ އާންމު ސާޖަރީތައް ކަމަށްވާ ކަނދުރާ އާއި މައިބަދައިގެ ޑިސްކު ސާޖަރީ ކުރާއިރު ނާރަކަށް ލިބިދާނެ ގެއްލުމަކުން ޑޮކްޓަރުން ސަމާލުވާން އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިންގެ ސަބަބުން ވަގުތު ލިބޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.




"އިސްކުރު ޖަހާއިރު އެ އިސްކުރުގެ އިންޓެގްރިޓީ ނޫނިއްޔާ އެ އިސްކުރު ޖެހެމުންދާތަނާ އެކީގައި އިތުރު ނާރަކަށް ފިތުން ކަހަލަ ކަމެއް ވަންޏާ ފާހަގަވާނެ. އޭގެ ނަތީޖާއަކަށް ވާނީ ބަލިމީހާ އޮޕަރޭޝަންގެ ތެރޭގައި ދިމާވެދާނެ ނޭދެވޭ ކަންކަން މަދުކުރެވުން،"



އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިންގެ ބޭނުމާ ގުޅޭ ގޮތުން ނިޔާފް ވިދާޅުވި



ނިޔާފް ވިދާޅުވި ގޮތުގައި، އެ ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު، ނިއުރޯ ސާޖަރީ ހަދާއިރު ކުރިމަތިވާނެ ބޮޑެތި ނުރައްކާތަކުން ސަލާމަތް ވެވޭނެ އެވެ.