ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ފެން އުފައްދާ ކާރުޚާނާއަކަށް އެމެރިކާއިން ހަމަލާދީ ސުންނާފަތިކޮށްލައިފި، އެތައްބަޔު ފެނަށް ޖެހިފަ

އީރާނުގެ ފެން އުފައްދާ ކާރުޚާނާއަކަށް އެމެރިކާއިން ހަމަލާދީ ސުންނާފަތިކޮށްލައިފި، އެތައްބަޔު ފެނަށް ޖެހިފަ

އީރާނުގެ ގިޝްމް އައިލެންޑްގައި ހުންނަ ފެން އުފައްދާ ކާރުޚާނާއަކަށް އެމެރިކާއިން ދިން ހަމަލާއަކީ ވަރަށް ނުރައްކާތެރި އަދި ލާއިންސާނީ އަމަލެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ.

މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ 30 އަވަށަކަށް ފެން ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އާންމު ރައްޔިތުން ބޭނުންކުރާ ފެނުގެ ވަސީލަތްތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ފެން އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ސީދާ އާންމު ރައްޔިތުންނަށް އަމާޒުކޮށް، އެމީހުންގެ ދިރިއުޅުމުގެ އަސާސީ ވަސީލަތްތައް ނައްތާލުމަށް ހިންގާ އަމަލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގެ ސަބަބުން 30 އަވަށެއްގެ ރައްޔިތުން ފެނަށް ޖެހިފައިވާއިރު، މިއީ ފެނަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ކަމަށް ބެލެވެއެވެ. މި އަމަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

"އީރާނުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމަކީ އޭގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ނުރައްކާތެރި ކަމެއް. މިކަން ކުރީ އެމެރިކާއިން، އީރާނަކުން ނޫން،" މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ދީފައިވާ އިންޒާރުތަކަކީ ވަރަށް ސާފު އިންޒާރުތަކެކެވެ. މި ޖަރީމާ ވަނީ ރަނގަޅަށް ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަކަށް ވާއިރު، މީގެ ރައްދު ހަމަލާއެއް އަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ފެނަކީ ދިރިއުޅުމުގެ އަސާސް ކަމަށްވާއިރު، މި ހަމަލާއިން ދޭހަކޮށްދެނީ އިންސާނީ ހައްގުތަކަށް އެއްވެސް އިހުތިރާމެއް އެމެރިކާ އަދި އިސްރޭލުގެ ކިބައިގައި ނެތް ނެތްކަން ކަމަށް އީރާނުން ބުނެއެވެ.