ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ އިންޒާރެއް އެމެރިކާ-އިޒްރޭލަށް: ކިތަންމެ ދިގު ހަނގުރާމައެއް ކުރަން ޖެހުނަސް ފަސްނުޖެހޭނަން

އީރާނުގެ ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ޖެނެރަލް ހުސެއިން ސަލާމީ
އީރާނުގެ ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ޖެނެރަލް ހުސެއިން ސަލާމީ

އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް މިހާރު ހުރި ބާރުމިނުގައި ހަ މަސް ދުވަހުގެ ވަރުގަދަ ހަނގުރާމައެއް ކުރުމުގެ ގާބިލުކަން އީރާނުގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފި އެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައި.އާރް.ޖީ.ސީގެ ތަރުޖަމާނު އަލީ މުޙައްމަދު ނައިނީ ވިދާޅުވީ އީރާނުގެ ބާރުތަކުން ތިބީ ކޮންމެ ފަދަ ވަރުގަދަ ކުރިމަތިލުމަކަށް ވެސް ތައްޔާރަށެވެ. އަދި ދިގު މުއްދަތަކަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން އީރާނުގެ އަސްކަރީ އޮނިގަނޑުގައި އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނައިނީ އިތުރަށް ވިދާޅުވީ، މިހާތަނަށް އީރާނުން ބޭނުންކޮށްފައިވަނީ "ފުރަތަމަ އަދި ދެވަނަ ޖީލުގެ" މިސައިލްތައް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން "ޒަމާނީ އަދި މީގެ ކުރިން މަދުން ނޫނީ ބޭނުންކޮށްފައިނުވާ ދުރު ރާސްތާގެ މިސައިލްތައް" ބޭނުންކުރަން ފަށާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.

މި ބަޔާނަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އަސްކަރީ ބާރު ދެއްކުމުގެ ގޮތުން ދީފައިވާ ބަޔާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ވަކިން ހާއްސަކޮށް، އީރާނުގެ އެންމެ ފަހުގެ އަސްކަރީ އީޖާދުތައް ކުރިމަތިލުންތަކުގައި ބޭނުންކުރަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް މި ބަޔާނުން ލިބިގެންދެއެވެ.