އީރާނުން ހަމަލާދީ އެމެރިކާގެ އެންމެ ޒަމާނީ 4 މިސައިލް ޑިފެންސް ސިސްޓަމް ގޮއްވާލައިފި
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) މިސައިލް އައްޑަނަ ނިޒާމާ ގުޅުންހުރި ހަތަރު ރާޑާ ސިސްޓަމަކަށް ހަމަލާދީ ގޮއްވާލާފައިވބާކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރާޑާ ސިސްޓަމްތަކަށް ހަމަލާދީފައިވަނީ އެމެރިކާގެ މިސައިލް ޑިފެންސް އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައެވެ. މި ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ އަމާޒަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ ޕްރެސިޝަން ގައިޑެޑް މިސައިލްތަކެއް ކަމަށް އައިއާރުޖީސީން މައުލޫމާތު ދެއެވެ.
ތާޑް ނިޒާމަކީ ބެލިސްޓިކް މިސައިލްތައް ދެނެގަނެ، އެ ތަކެތި ވައިގެ ތެރޭގައި ގޮއްވާލުމަށް އެމެރިކާއިން ބޭނުންކުރާ އެންމެ ކުރިއަރާފައިވާ އެއް މިސައިލް ޑިފެންސް ޕްލެޓްފޯމެވެ. މި ނިޒާމުގެ ރާޑާ ސިސްޓަމްތަކަކީ ދުރު ރާސްތާގެ މިސައިލްތައް ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތްތަކެކެވެ.
Ads by BMLމި ހަމަލާތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ދިން ވަރުގަދަ ހަމަލާތަކެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
Ads by MACL
