ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމީކޮށް އިއުލާންކޮށްފި، އިރާނުގެ އާ ސުޕްރީމް ލީޑަރަކީ މޮޖްތަބާ ޚާމަނާއީ!

ރަސްމީކޮށް އިއުލާންކޮށްފި، އިރާނުގެ އާ ސުޕްރީމް ލީޑަރަކީ މޮޖްތަބާ ޚާމަނާއީ!

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ ޚާއްސަ މަޖިލީހުން އިންތިހާބުކުރީ ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ދަރިކަލުން، މޮޖްތަބާ ޚާމަނާއީކަމަށް މީޑިއާ ރިޕޯޓުކޮށްފިއެވެ.

އިރާނުގެ ސުޕްރީމް ލީޑަރަކު އިންތިހާބު ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެގައުމުގެ އެންމެ އިސް ސިޔާސީ އަދި ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވިފައި އޮންނަ ޚާއްސަ މަޖިލީހެއް ކަމަށްވާ އެސެމްބްލީ އޮފް އެކްސްޕާޓްސްއަށެވެ. އެގޮތުން މި މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައި އެގައުމުގެ އައު ސުޕްރީމް ލީޑަރަކު އެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއަކުން އިންތިހާބުކޮށްފައިވާކަން ވަނީ ކަށަވަރުވެފައި އެވެ.


ޚާއްސަ މަޖިލީހުގެ މެމްބަރަކާއި ހަވާލާދީ ބައެއް މަސްދަރުތަކުން ކުރިން ވެސް ބުނެފައިވާ ގޮތުގައި އީރާނުގެ ލީޑަރަކަށް އަންނަ ބޭފުޅެއްގެ ނަމުގައި "ޙާމަނާއީ" އަންނަނާނެ ކަމަށެވެ.

ނަމަވެސް އެކަން އޭރު ރަސްމީކޮށް އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ސެކެޓްރޭޓުން އިއުލާނެއް ނުކުރެއެވެ. އަދި މި މަޖިލީހުން ފާސްކުރި ނަމާއި ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން ބަހެއް ބުނެފައި ނުވެއެވެ.

ނަމަވެސް އިރާނުގެ މީޑިއާތަކުން މިރޭ ވަނީ އެމަޖިލީހުގައި ހިމެނޭ މެމްބަރެއް ކަމަށްވާ ހުސެއިން އަލީ އެޝްކެވަރީގެ ޚާއްސަ ބަސްދީގަތުމެއް އާންމުކޮށްފައެވެ.


އެ ބަސްދީގަތުމުގައި ހުސެއިން އަލީ އެޝްކެވަރީ ވަނީ އައު ލީޑަރު އިންތިހާބު ކުުރުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެކަން ރަސްމީކޮށް އިއުލާނުކުރުން އެކަނި ކަމުގައި ހާމަކުރައްވާފައި އެވެ.


އަދި އިރާނުގެ އައު ލީޑަރުވެސް ވެގެންދާނީ ޚާމަނާއީގެ ނަން ކުރިޔަށްގެންދާނެ ލީޑަރެއް ކަމުގައި ވިދާޅުވެފައި އެވެ. މިއާއިއެކު މިއީ އިރާނުގެ އައު ލީޑަރަކަށް ޚާމާނާއީގެ ދެވަނަ ދަރިކަލުން، މުޖޮތަބާ ޚާމަނާއީ އިންތިހާބުވެފައިވާކަމުގެ އިޝާރާތެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.