އީރާންގެ އައު ސްޕްރީމް ލީޑަރަށް ވެސް މަރުގެ އިންޒާރު؛ ޓްރަމްޕް ވިދާޅުވީ މާ ގިނަ ދުވަހު ނުހުރެވޭނޭ ކަމަށް!
އީރާނުގެ އެންމެ މަތީ ލީޑަރު ނުވަތަ ސްޕްރީމް ލީޑަރުގެ މަގާމަށް އަލީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އައްޔަންކުރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ ޚާއްސަ މަޖިލީހުން، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ދަރިކަލުން، މުޖްތަބާ ޚާމަނާއީ ކަމަށް އިއުލާންކުރިތާ އަދި 24 ގަޑއިރު ނުވެ އެވެ.
އިރާނުގެ ސުޕްރީމް ލީޑަރަކު އިންތިހާބު ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެގައުމުގެ އެންމެ އިސް ސިޔާސީ އަދި ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވިފައި އޮންނަ ޚާއްސަ މަޖިލީހެއް ކަމަށްވާ އެސެމްބްލީ އޮފް އެކްސްޕާޓްސްއަށެވެ. އެގޮތުން މި މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައި އެގައުމުގެ އައު ސުޕްރީމް ލީޑަރަކު އެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއަކުން އިންތިހާބުކޮށްފައިވާކަން ވަނީ ކަށަވަރުވެފައި އެވެ.
Ads by BMLއީރާންގެ އައު ސުޕްރީމް ލީޑަރަކަށް ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ދަރިކަލުން، މުޖްތަބާ ޚާމަނާއީ އަޔްންކުރި އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރެއްގެ ގޮތުގައި އައްޔަން ކުރަންވާނީ އޭނާގެ ރުހުން އޮތް ބޭފުޅެކެވެ. އަދި އޭނާގެ ރުހުން ނެތް ބޭފުޅަކު އައްޔަންކޮށްފި ނަމަ އެ މީހަކު ވެސް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވެ އެވެ.
އޭގެ އިތުރުން އިޒްރޭލުން ވެސް ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރުމަށް ހާއްސަ ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ކުރި މަސައްކަތަށް ހުރަސް އަޅައި، އެތަން ބޮން އަޅައިފަ އެވެ. އަދި އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރި ނަމަވެސް އެ ބޭފުޅަކު ވެސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފައިވެ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ މުޖްތަބާ ޚާމަނާއީ އަކީ އެ މަގާމަށް "ބަލައިގަނެވޭނެ ފަދަ ވަލީއަހުދެއް ނޫން" ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ އާ ލީޑަރަށް ނިސްބަތްކޮށް ނުސީދާކޮށް މަރުގެ އިންޒާރު ދެއްވާފައެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ލީޑަރަކަށް ވާން ބޭނުންވާ ކަމަށް ފެންނަ ކޮންމެ މީހަކުވެސް ނިމިގެންދަނީ މަރުވެގެން ކަމަށެވެ. މި ބަޔާނަކީ އީރާނުގެ އާ ލީޑަރަށް އަމާޒުކޮށް ދެއްވި ސީދާ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އީރާނުގެ ވެރިކަމުގެ ނިޒާމަށް އަންނަ މި ބަދަލާ މެދު އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތު މިވަނީ އަނެއްކާވެސް ހާމަވެފައެވެ.
Ads by MACL
