ޓްރަމްޕް މެދުއިރުމައްޗަށް ވަޑައިގެންފި ނަމަ "މަރާލާނެ" ކަމުގެ ވަރުގަދަ އިންޒާރު އީރާނުން ދީފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ އެއްވެސް ސަރަހައްދަކަށް ވަޑައިގެންފިނަމަ، އޭނާއަކީ އީރާނުގެ އަސްކަރިއްޔާގެ ސީދާ އަމާޒަކަށް ހަދައި މަރާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި އެވެ.
އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އެމެރިކާގެ ރައީސް ޓްރަމްޕަށް މި އިންޒާރު ދެއްވާފައި މިވަނީ އެ ގައުމުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ހުސައިނީ ޚާމަނާއީ އައްޔަން ކުރެއްވިކަން އިއުލާނު ކުރެއވިތާ ގިނައިރުތަކެއް ނުވެ އެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ވިދާޅުވީ، ޓްރަމްޕް މެދުއިރުމައްޗަށް ވަދެވަޑައިގަތުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފެށޭނެ ކަމަށެވެ. އަދި އީރާނުގެ ސިފައިންގެ ފަރާތުން އޭނާއަށް ސީދާ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
"ޓްރަމްޕް މެދުއިރުމައްޗަށް ވަދެވަޑައިގެންފިނަމަ، އޭނާ ވާނީ އަޅުގަނޑުމެންގެ ލަޝްކަރުތަކުގެ ޝިކާރަ އަކަށް،"
އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ.
Ads by BMLއޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕް ހޯދުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ރަސްމީކޮށް ފަށައިފަ އެވެ.
މި އިންޒާރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދީފައިވާ އިންޒާރެކެވެ. މީގެ ކުރިންވެސް އީރާނުގެ އިސްވެރިން ވަނީ ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ބަދަލު ހިފާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
Ads by MACL
